މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޝައިހް ލަތީފް އިއްޔެ ކުރެއްވި ޓްވީޓްގައި ވަނީ މި އަހަރުގެ އިޔާސީ ރޭހަށް ޑރ. މުޢިއްޒުއަށް މަރުހަބާ ވިދާޅުވެއެވެ. އަދި އަޒުމުގައި ކުރިއަށް ވަޑައިގެންނެވުމަށްވެސް ޝައިހް ވިދާޅުވިއެވެ.

2023 ގެ ރިޔާސީ ރޭހަށް މުޢިއްޒަށް މަރުޙަބާ! ލޮބުވެތި މި ޤައުމު ހެޔޮ ގޮތުގައި ހިންގެވުމުގެ ޢަޒުމުގައި ރޭސް ކާމިޔާބު ކުރެއްވުމަށް ކުރިޔަށް ވަޑައިގަންނަވާ! އޭރުން، މާތް ﷲ ގެ އިރާދަފުޅުން އެކަލާނގެ ރަޙުމަތާއި، ބަރަކާތާއި، ރައްޔިތުންގެ ތާއީދު މަނިކުފާނަށް ލިބިވަޑައިގަންނަވާނެ!, .
ޝައިހް ލަތީފްވިދާޅުވިއެވެ

ޑރ މުޢިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފެވެ. އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ފޯމު އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހަޅައިފައެވެ.

އަދި އެކޮމިޝަނުން ވަނީ އެ ބޭފުޅުންގެ ކެންޑިޑެސީ ފޯމު ބަލައިގަންފައެެވެ.