އަރބަންކޯގެ ކަސްޓަމަރ ސާރވިސް ސެންޓަރ "އަރބަން ސެންޓަރ" މިއަދު ހުޅުވައިފިއެވެ.

ސެންޓްރޯ މޯލްގެ އެންމެ ތިރީ ފަންގިފިލާގައި ހުންނަ މިތަން ހުޅުވައިދެއްވީ، އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފެވެ.

އަރބަން ސެންޓަރ އަކީ އަރބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެކެެވެ.

މީގެ އިތުރުން އަރބަންކޯއިން ވިދާޅުވީ އަރބަން ސެންޓަރއަކީ އެ އެކުންފުނި އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްހުޅުވި ސެންޓަރެއް ކަމަށެވެ.

މިގޮތުން، އޮންލައިންކޮށް ސާރވިސަސް ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް، އަރބަން ސެންޓަރއަށް ދިއުމުން އަރބަންކޯގެ މުވައްޒަފުން އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މި ސެންޓަރު ހުޅުވިފައިވަނީ އާރބަންކޯގެ ކަސްޓަމަރުންނަށް އެންމެ ގާތުން ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު ޖާގަ ތަނަވަސް މާހައުލެއްގައިކަން އާބަންކޯއިން ފާހަގަކޮށްފައިވެއެވެ.