ވިލިމާލޭ "ސޮޕް އެން ސޭލް" ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ވިލިމާލޭގައި ހުންނަ ޝޮޕް އެންޑް ސޭލް ފިހާރައިގެ މަތީ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ މިއަދު ހެނދުނު 09:00 ގައި ކަމަށެއެވެ.

އަދި ވިލިމާލެ ފަޔަރ ސްޓޭޝަނުން އެތަނަށް ގޮސް އިރުކޮޅެއްގެތެރޭގައި އަލިފާން ނިއްވާލައިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފްއިން އަންނަނީ ތަހުގީގުކުރަމުންނެވެ.