ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ ކެމްޕޭން އިވެންޓެއް މިރޭ މާލޭގައި ކުުރިއަށް ގެންދަން ނިންމަވައިފިއެވެ.

ޢުމަރުގެ ކެމްޕޭން ޓީމުން މިއަދު ބުނީ ޢުމަރު ބާއްވަވާ ނެއިބަރހުޑް ބައްދަލުވުން މިރޭ 9:00 ގައި ހެންވޭރު ދަނޑު އިރުއުތުރު ކަންމަތީ ގައި އޮންނާނެ ކަމަށެވެ.

އެމަނުކުފާނުގެ ކެމްޕެއިން ޓީމުން އިތުރަށް ވިދާޅުވީ ޑްރަގްގެ މައްސަލައަށް ހައްލެއް ގެނެސް ބިދޭސީ ސިފައިންގެ މައްސަލަ ހައްލުކޮށް އިސްލާމީ ޝަރީއަތުގައި ހިފުމަށް އެދޭ އެންމެހާ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވާ ކަަމަށެވެ. އަދި މި އިވެންޓް އޮންނާނީ ހެންވޭރު ދަނޑު އިރުއިތުރު ކަންމަީގައި ކަމަށްވެސް ބުނެފައިވެއެވެ.

ޢުމަރު އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އެމަނިކުފާނުގެ ރަނިންގ މޭޓަކީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް(މާޒް ސަލީމް)އެވެ.

މިއީ ރިޔާސީ އިންތިހާބުގައި އުމަރު ވާދަ ކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރިއިރެއްވި ނަމަވެސް ލިބުނީ މަދު ވޯޓެކެވެ.