އޮސްޓްރޭލިޔާ އާއި ނިއުޒީލެންޑުގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވަރލްޑް ކަޕުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ނެދަލޭންޑްސް 1-2 އިން ބަލިކޮށް ސްޕެއިނުން މިއަދު ހެނދުނު ކަށަވަރު ކޮށްފިއެވެ.

ނެދަލޭންޑްސްއިން ވަރުގަދަ ފިޒިކަލް ކުޅުމެއް ކުޅުނު މިމެޗުގައި ސްޕެއިނުން ލީޑް ނެގީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މަރިއާނޯއެވެ. ކަލްޑެންޓޭއެވެ. މެޗުގެ ފޯރިގަދަވީ އިތުރު ވަގުުތުގެ ތެރޭގައި ސްޓެފަނީ ވެންޑަގްރަޓް ލަނޑެއް ޖަހައި ނެދަލޭންޑްސްއަށް އެއްވަރު ކޮށްދިނުމުންނެވެ.

ސްޕެއިނުން ދެވަނަ ފަހަރަށް ލީޑް ނެގީ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ އެއްވަރުވެފައި އޮތުމުން އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ކުރީ ކޮޅުއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ސަލްމާ ސެލެސްޓޭއެވެ.

ސްޕެއިނުން މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ 28 ހަމަލާ އުފެއްދިއެވެ. މީގެ ތެރެއިން ގޯލަށް އަމާޒުވީ 8 ހަމަލާއެވެ. ނެދަލޭންޑްސްއިން 10 ހަމަލާ އުފެއްދިއިރު ގޯލަށް އަމާޒުކޮށްލެވުނީ 4 ހަމަލާއެވެ. ސްޕެއިނުގެ ކުޅުން ހަލާކު ކޮށްލުމަށް ނެދަލޭންޑްސްއިން 22 ފައުލް މިމެޗުގައި ކުރިއެވެ.

މިއީ ސްޕެއިނުން ފީފާ ވިމެންސް ވަރލްޑް ސެމީފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސެމީފައިނުގައި ސްޕެއިން ބައްދަލު ކުރަން ޖެހޭ ގައުމެއް ކަށަވަރު ވާނީ ސެމީގެ ދެވަނަ މެޗުގައި މިއަދު ޖަޕާނާއި ސްވިޑަން ބައްދަލު ކުރާ މެޗަށްފަހުއެވެ. ޖަޕާނުން ވަނީ ގްރޫޕް ސްޓޭޖުގައި ސްޕެއިން އަތުން 4-0 އިން މޮޅުވެފައިކަން ފާހަގަ ކޮށްލެވެއެވެ.