ދަ ޑިމްކޮރެޓްސްގެ ވެބްސައިޓް ލޯންޗުކޮށްފި އެވެ.

ޑިމޮކްރެޓްސް އިން ބުނީ، އެޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ޕާޓީގެ ހަރަކާތްތަކާ އެންމެ ފަހުގެ މައުލޫމާތާއި ހަބަރުތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވެބްސައިޓް އިނގިރޭސި އަދި ދިވެހި ބަހުންވެސް ބަލާލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ވެބްސައިޓް ލޯންޗުކޮށްފައި މިވަނީ، އެޕާޓީން މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާ ދަނޑިވަޅާ ދިމާކޮށްފައެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދާފައިވާ ސިޔާސީ ޕާޓީއެވެ.

އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ނަޝީދު އަންނަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޕާޓީގެ ފަރާތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އިލްޔާސް ލަބީބެވެ.