މި ސަރުކާރުގެ އިހުމާލުން ވަޅުޖެހިފައި އޮތް އިހަވަންދޫގެ މަސްވެރިކަން އަލުން ކޮޅަށް ޖަހާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ބާއްވާފައިވާ ބޮޑު ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައި ޑރ މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ދޯނި ފަހަރު ބަންނާނެ ތަނެއް މުހިންމު ކަމަށެވެ. އެކަމަށްޓަކައި އިހަވަންދޫ ކައިރީގައި އޮންނަ ދިގުފަރުގެ ބިން ހިއްކާ އިހަވަންދޫއާއި ގުޅާލާ، ސިނާއީ މަސައްކަތް ކުރާނެ ބިން އެރަށުގައި ކަނޑައަޅުއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

"މިރަށާއި ކައިރީގައި އޮތް ދިގުފަރު ހިއްކާ، މިރަށުގެ ރައްޔިތުން އެދޭގޮތަށް، ސިނާއީ މަސައްކަތްކުރާ ބިން އެރަށުން އުފައްދާ އެ ދިގުފަރާއި މި ރަށާއި ގުޅުވާލަ ދޭނަން"

ޑރ މުހައްމަދު މުއިއްޒު އޭގެ އިތުރުން އިތުރުގައި އެކަށީގެންވާ ކޯލްޑް ސްޓޯރޭޖެއް ނެތުމަކީވެސް އުތުރުގެ މަސްވެރިންނަށް މި މަސައްކަތް ކުރުމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ އިހަވްނދޫގައި ކޯލްޑް ސްޓޯރޭޖެއް އަޅުއްވާދެއްވާނެ ކަމަށެވެ. އަދި އިހަވަންދޫގެ މަސްވެރިން ބޭނުންވާގޮތަށް ފިޝްކަލެކްޝަން ސެންޓަރެއް އެ ރަށުގައި އަޅުއްވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ކޯލްޑް ސްޓޯރޭޖެއް މިރަށަށް ވަރަށް ބޮޑަށް ބޭނުންވޭ. އުތުރުގެ މިހިސާބަކު ނެތް މިކަމެއް، އެހެންވީމަ ފިޝް ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތަކީ އެ އުންމީދަކީ މި ރަށުގެ މަސްވެރިން ވަރަށް ބޮޑަށް އެދަމުންދާ ކަމެއް. އެކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހާސިލްކޮށްދޭނެ ކަމެއް"

ޑރ މުހައްމަދު މުއިއްޒު އޭގެ އިތުރުން އިހަވްނދޫގެ މަސްވެރިން ބޭނުންވާ ފިޝްކަލެކްޝަން ސެންޓަރެއް އިހަންދޫގައި ގާއިމްކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ އާ އައިސް ޕްލާންޓެއް ބަހައްޓާ ތެޔޮ ލިބޭނެ އިންތިޒާމުތައް ގާއިމްކުރާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

"އާ އައިސްޕްލާންޓެއް ބަހައްޓާ ތެޔޮލިބޭނެ ގޮތް ހަމަޖައްސާދިނުމަކީ ޒަރޫރީ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެކަމަކީ ޔަގީންކުރައްވާ އަޅުގަނޑުމެން ހާސިލްކޮށްދޭނެ ކަމެއް،"

ޑރ މުހައްމަދު މުއިއްޒު ޑރ މުއިއްޒުވަނީ އެމަނިކުފާނަށް އިތުބާރުކުރެއްވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް ރައީސް ޔާމިނުގެ ޕްލޭނާއި އެއްގޮތަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަންވާ ކަންކަން ފުއްދަވާދެއްވާނެ ކަމަށެވެ.

ޑރ މުއިއްޒު ރޭ ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ޑރ މުއިއްޒުވަނީ އިހަވަންދޫގައި ރަސްމީކޮށް ކެމްޕޭނު ޖަގަހަ ހުޅުވާދެއްވާ، ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވާ އިހަވަންދޫއަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭގޮތުން ޚިޔާލު ހޯއްދަވާފަ އެވެ.