މިއަންނަ މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު ނަސީރު ވިދާޅުވ އެއާޕޯޓުތަކާއި ނަރުދަމާ އާއި ބަނދަރުތަކަށްވުރެ މަސްތުވާތަކެތީގެ ނުރައްކަލުން ދަރިން ރައްކާތެރިކުރުން މުހިންމުކަމަށެވެ.

ހަމައެއާއެކު ޑްރަގު ވިއްކާ ގޭންގުތައް ރޫޅާލާފައި ރަށުތެރެ އަމާން ކުރާނެ ކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ޢުމަރު މިހާރު ވަނީ ކެމްޕޭން ފަށްޓަވާފައެވެ. އަދި އިއްޔެގައި ކުރެއްވި ކެމްޕެއިންގައި އުމަރުގެ ޓީމުންވަނީ ރައްޔިތުންނާ ސީދާ ގުޅުންހުރި މައްސަލަތަކަށް ހައްލެއް ހޯއްދަވަން ބޭނުންފުޅުނަމަ އުމަރަށް ވޯޓު ދިނުމަށް ގޮވާލާފައެވެ. އަދި ގައުމު ހަމަ މަގަށް އެޅުވުމުގެ ޝައުގެއް އެހެން ކެންޑިޑޭޓެއްގެ ނެތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އުމަރު ނަސީރު

މގެކުރިން އުމަރު ވަނީ އެމަނިކުފާނަށް ވެރިކަން ލިބިއްޖެނަމަވެސް މި ސަރުކާރުން އިޢުލާން ކުރައްވާފައިވާ ލިސްޓަށް ބަދަލެއް ނުގެނެސް، ހަމަ އެލިސްޓަށް އެ ގޯތި ތަކާ ފްލެޓް ދޫކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ..