ނައިފަރު ބިން ހިއްކުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 20.95 ހެކްޓަރުގެ ބިން ހިއްކުމާއި، 359 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 1600 މީޓަރު ބޭރުތޮށި ޖެހުމާއި، 180 މީޓަރު ގްރޮއިން ޖެހުން ހިމެނެއެވެ.

މި ކޮންޓްރެކްޓުގެ އަގަކީ ކޮންޓްރެކްޓް އަގަކީ 141,299,506.08 ރުފިޔާއެވެ. ކޮންޓްރެކްޓު ނިންމަން ދީފައިވަނީ 330 ދުވަހެވެ.

ރ.ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ. 32،336،928.00 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ޅ.ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ. 141،299،506.08 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.