ރިޔާސީ އިންތިހާބު ނިމިގެންދާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމި ޕީޕީއެމް/ޕީއެންސީގެ ކުލަގަދަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމް އެއްކޮށް ފޮހެވިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވުމުން އެކަމާ ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ނިމިގެންދާއިރު ރައީސް ސާލިހުގެ ވެރިކަން ނިމޭނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ކުލަގަދަވާނެ ކަމަށެވެ. އަދި ޑރ މުއިއްޒުގެ އިހުލާސްތެރިކަން ސާބިތުކޮށްދެއްވައި ރައީސް ޔާމީން މިނިވަން ކުރައްވާނެކަމުގެ ޔަގީންކަންވެސް އާދަމްޝަރީފް ވަނީދެއްވާފައެވެ.

"މުއިއްޒުގެ އިހުލާސްތެރިކަން ސާބިތުކޮށްދެއްވާނެ. ރައީސް ޔާމީން މިނވަން ކުރާނެ،"

އާދަމް ވިދާޅުވީރައީސް ސާލިހުގެ އެކުވެރި ރައީސް ނަަޝީދަށް ހެދި އިހާާނެތި ގޮތް ރައީސް ޔާމީނަކަށް ޑރ. މުއިއްޒު ނުހައްދަވާނެކަން ޔަގީން ކަމަށެވެ.

އާދަމް ޝަރީފު ވަނީ އިންތިހާބު ނިމުމުން ފިއްލަވައި ވަޑައިނުގަތުމަށް ވެސް މާރިޔާއަށް ގޮވާލައްވާފައެވެ.