ރަށްރަށަށް ދަތުރުކުރުމުން ކެންޑިޑޭޓު އިލިޔަސް ލަބީބް ގާތުގައި މަސްވެރިން ރޮއެފައި އެމީހުންގެ ހާލަތު ކިޔައިދޭކަމަށް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ބޭއްވި ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އާމްދަނީ އިތުރުވި ނަމަވެސް ދިވެހިންގެ ދިރިއުޅުމަށް ބަދަލު ނާންނަކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ އާމްދަނީ 7 ބިލިއަނުން 30 ބިލިއަނަށް އަރައިފި. ދިވެހި ދައުލަތުގެ ބަޖެޓު 42 ބިލިއަން ޕާސްކޮށްފި. މި އާމްދަނީ އިތުރުވެން ދިޔައިރު ތިއިން ކޮންމެ ބޭފުޅެއްގެ ކޮންމެ އާއިލާއެއްގެ ކޮންމެ ފަރުދެއްގެ ތަނަވަސްކަމަށް އައީ ކޮންފަދަ ބަދަލެއްތޯ؟ ކޮންވަފަދަ ލުތެއްތޯ؟ ކޮންފަދަ ލުޔެއްތޯ؟ ތިބޭފުޅުން އަމިއްލަ ނަފްސާ ސުވާލުކޮށްލައްވާ،" އިލްޔާސް މިރޭ ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ އާންމްދަނީ ކުރިއެރިއަސް، ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތްކަން ކޮންމެ ރައްޔިތެއްވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލުމުން އެނގޭނެކަމަށްވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

"ތިބޭފުޅުން ދިރިއުޅުމަށްޓަކާ ކޮންމެ ދުވަހަކު ޖީބުން ހަރަދުކުރަންޖެހޭ ވަރު. ތިބޭފުޅުންގެ އާއިލާ ބެލެހެއްޓުމަށްޓަކާ ތިބޭފުޅުން ހަރަކުރަންޖެހޭވަރު ވީ ލުއިތޯ؟ ބުރަތޯ؟ މިއީ ތިބޭފުޅުންގެ ނަފްސުން ތިބޭފުޅުން ސުވާލުކޮށްލަންޖެހޭ ކަންތައްތައް،"
އިލްޔާސް ލަބީބް

ދިވެހި މަސައްކަތްތެރިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ސަރުކާރުގެ ތެރެއިން މި ފަރާތްތައް ކުރިއަށް ދާން ހުރި ހުރަސްތައްކަންވެސް އިލްޔާސް ވަނީ ފާހަގަކުކުރައްވާފައެވެ.

"ދިވެހިރާއްޖޭގެ އެތައް އޮޑިވެރިންތަކެއް. އެތައް މަސްވެރިންތަކެއް. އެތައް ވަޑާންގެތައް ހިންގާބައެއް. އެތައް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބައެއް. އެތައް ދަނޑުވެރިންތަކެއް. އެތައް ފިހާރަ ހިންގާ ފަރާތްތައް. އެތައް ޕްރޮގްރާމް އިންޖިނިއަރުން. އެތައް މިއުޒިކް ކުޅޭ ކުދިންތައް. އެތައް ސޮފްޓުވެއާ އިންޖިނިއަރުންނެއް. މިއުޒިކު އުފައްދާ ފަރާތްތައް. ކުޅިވަރުން އާމްދަނީ ހޯދާ ފަރާތްތައް. މިއިން އެންމެންނަށްވެސް ދަތި އުނދަގޫތަކެއް އެބަހުރި،" އިލްޔާސް ލަބީބް
އިލްޔާސް ލަބީބް

އިލްޔާސް ވިދާޅުވީ ދިވެހިރާޖޭގެ މަސްވެރިންވެސް އެނާ ކުރައްވާ ދަތުރުފުޅުތަކުގައި ބައްދަލުކޮށް "ރޮއެފައި" އެމީހުންގެ ހާލަތު ކިޔައިދޭކަމަށެވެ. އިލްޔާސް ވިދާޅުވީ އެފަދަ ފަރާތްތަކުން، އެބައިމީހުންގެ އޮޑިދޯނިފަހަރަށް ދިމާވެފައިވާ މައްސަލަތަކާއި ކޮންމެ މަހަކު އޮޑިއަށް ނަގާފައި އޮތް ތިރީސްހާސްރުފިޔާގެ ލޯނުގެ ކަންބޮޑުވުން ހާމަކޮށް އެފަދަ ފަރާތްތަކުން ބުނެފައިވަނީ އެއޮޑީގައި ތިބި ކުދިން އާރްޑީސީއަށާއި ފެނަކައަށް ގޮސް ނިމިފައިވާކަން ހާމަކުރާ ކަމަށެވެ.

"މިއަދު އަޅުގަނޑު ރަށްރަށަށް ދަތުރުކުރިއިރު މަސްވެރިކަން ކުރާ ފަރާތްތައް. ރޮއެފަ ދެ ލޮލުން ކަރުނަ އަޅާފަ. އޮޑި ދޯނިފަހަރަށް ދިމާވެފަ ހުރި ކަންތައްތައް ކިޔާދިން. ކޮންމެ މަހަކު ތިރީސް ހާސް ރުފިޔާ އޭނަގެ އޮޑިއަށް ނަގާފަ އޮތް ލޯނަށް ދައްކަންޖެހޭ. އޮޑީގަ ތިބި ކުދިން ފެނަކަށާ އާރުޑީސީއަށާ ތަންތަނަށް ހިނގައްޖެ. އެއިން ކުއްޖަކަށް މަހުން މަހަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން މަހަށް ދެވޭނެގޮތެއް ނެތް،"
އިލްޔާސް ލަބީބް

މަސްވެރިންގެ ވާހަކަތަކުންވެސް އެނގެނީ ސަރުކާރުން އިހުމާލުވެފައި އޮތް މިންވަރު ހާމަވެ އެނގޭކަމަށް އިލްޔާސް ވިދާޅުވިއެވެ.