ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

1
ލޯން ސްކީމްއަށް ކުރިމަތިލީ ގިނަފަރާތްތައް ޑިސްކޮލިފައިވުމުން އަލުން ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި

މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ލޯނު ދޫކުރުމުގައި ބަލާ އުސޫލު މުރާޖަޢާކޮށް އަލުން ލޯނަށް އެދުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަލުން ހުޅުވާލައިފިއެވެ.

މިއާއެކު އެމްބީބީއެސްއަށް ކިޔެވުމާއި، ޕައިލެޓްކަން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ލޯނަށް ކުރިމަތިލެވޭނެ ފުރުސަތު މިފަހަރުވަނީ ހުޅުވާލާފައެވެ. މި ލޯނު މެދުވެރިކޮ ރާއްޖެއިން ބޭރުން ކޮންމެ ޤައުމެއްގައިވެސް ކިޔެވޭނެއެވެ. ލޯނުގެ ސަތޭކަ އިންސައްތަ، ސަރުކާރުން ކަވަރ ކުރާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ޤައުމުތަކަށް ކިޔަވަން ދިއުމަށްއެދި ލޯނަށް ހުށަހެޅުމުންނެވެ. އެކުއްޖަކު ބޭނުން ޤައުމަކުން ކިޔަވާނަމަ، ލޯނު ދޫކުރާނީ ކަނޑައެޅިފައިވާ ވަކި އިންސައްތައަކަށްކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ލޯނަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމީ، މަރޗް މަހު ހުޅުވާލި ފުރުސަތުގައި ގިނަ ޢަދަދެއްގެ ދަރިވަރުންނަށް ލޯނު ހަމަނުޖެހިފައިވާތީއެވެ. ކުރީފަހަރު ނުވަ ސަތޭކަ ނުވަދިހަ ތިން ދަރިވަރުން ކުރިމަތިލުމުން، ލޯން ހަމަޖެހުނީ ހަތްދިހަ ނުވަ ދަރިވަރުންނަށެވެ. ސަރުކާރުގެ އަމާޒަކީ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ދުއިސައްތަ ސާޅީސް ދެ ޖާގައިގެ ތެރެއިން ބާކީ ސަތޭކަ ފަސްދޮޅަސް ތިން ޖާގަވެސް ދަރިވަރުންނަށް ހަމަޖައްސައިދިނުމެވެ.

Advertisements

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here