ރިލުވާނާއި، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އަދީބު ކޮމިޝަނަށް ހާޒިރުކޮށްފި

0
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރުކުރަނީ

ގެއްލުވާލާފައިވާ މީހުންނާއި ވީނުވީއެއް ނޭންގި މަރުވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް، ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އަވާހާރަ ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ މެދު ސުވާލުކޮށްފި އެވެ.

އެ ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އަފްރާޝީމް އަވަހާރަ ކޮށްލުމާއި ރިލްވާން ގެއްލުވައިލުމާ އަދީބާ ގުޅުވައިގެން ކުރާ އެތަކެއް ތުހުމަތުތަކާ ގުޅޭ ގޮތުން އަދީބާ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނަށް އަދީބު ހާޒިރުކޮށް، ބަޔާން ނަގާފައިވާ ކަމަށް ވެސް ކޮމިޝަންގެ ޓުވީޓުގައި ވެ އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަނުން މިހެން ބުނިއިރު، އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިއަދު ދީފަ އެވެ. އެ ހުއްދަ އަދީބަށް ދިނީ މެޑިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނި ނަމަވެސް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، ބައެއް މައްސަލަތަކާ ގުޅިގެން ވަނީ ހުކުމް ވެސް އިއްވައިފަ އެވެ. އެކަމަކު، ބައެއް މައްސަލަތައް ބާތިލްކޮށް، އަދި އަނެއް ބައި މައްސަލަަތައް އަލުން ބަލަން ކްރިމިނަލް ކޯޓުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

Advertisement

އެގޮތުން، ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ

ރިލްވާނު ގެއްލުމުގައި އަދީބުގެ އަތެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާއިރު، އަފްރާޝީމް އަވަހާރަކޮށްލި ބައެއް އަދީބަށް އެނގިވަޑައިގަންނަވާނެ ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު މި ތުހުމަތުތަކާ ގުޅޭގޮތުން އެ މަނިކުފާނު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މަރުގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ގިނަ ބަޔަކު މިހާތަނަށް ވަނީ ހާޒިރުކޮށްފަ އެވެ. އަދި ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނީ އަފްރާޝީމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުން އަދި ނޫސްވެރިޔާ ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށެވެ.

ސުއޫދު ވިދާޅުވެފައި ވަނީ، އެ ތިން މައްސަލައިގެ މޯޓިވް ވެސް ރިޔާސީ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. މިއީ މިހާތަނަށް ފުލުހުންނަށް ވެސް ހޯދިފައި ނެތް ކަމެއް ކަން ފާހަގަކުރައްވަމުން ސުއޫދު ސިފަކުރެއްވި ގޮތުގައި އެއީ ރިޔާސީ ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here