މީހެއްގެ ގްރޭޑް ދަށްކޮށްފިނަމަ، މި ސަރުކާރާއި އަރިސް ބޭފުޅަކަށް ވެގެންދާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބްގެ ކެމްޕެއިން ތަރުޖަމާނު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރޭ ޑިމޮކްރެޓްސްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މީހަކު ގަބޫލު ކުރާ ރީތި އުސޫލުތައް ދޫކޮށް، އެމީހެއްގެ ގްރޭޑު ދަށް ކޮށްފިނަމަ، އެއީ މި ސަރުކާރުގެ އަރިސް ބޭފުޅަކަށް ވެވިދާނެއެވެ.

"މިއީ މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތް، އެމްޑީޕީން މިހާރު ކުރަމުންދާ މަސައްކަތަކީ، އާއްމު ދިވެހި ރައްޔިތުންގެ އަޚްލާޤު، ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާ ހަމަތަކުގެ ގްރޭޑް ދަށްކޮށްލުމުގެ މަސައްކަތް ކުރަމުންދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ." .
އިންތި ވިދާޅުވިއެވެ

މީގެއިތުރަށް އިންތި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ އެއްވެސް ރަށަކަށް ވަޑައިގަންނަވާނަމަ، އެ ރަށަކަށް ފުލުހުން ފޮނުވައި، ސަރުކާރާއި ދެކޮޅަށް ޚިޔާލު ފާޅު ކުރުމުގެ ގޮތުން ބެނާއެއް ދަމައިލިޔަސް، އެ ބެނާވެސް ނަގާ ކަމަށެވެ.

އިންތި އިތުރަށް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ މެމްބަރުންނަށް މިއަދު މަޖުބޫރުވެފައި ވަނީ ކުރިން ޤަބޫލު ކުރި އުސޫލުތައް ވެސް ދޫކޮށްލައި، ގްރޭޑް ދަށް ކޮށްލުމަށެވެ.