ޒުވާނުންގެ އެވޯޑް ދިނުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންމި އަހަރުގެ ޒުވާނުންގެ އެވޯޑް 16 ދާއިރާއަކުން ދޭން ނިންމައި، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މީގެ އިތުރުން މިއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 22 ގައެވެ.

މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެއެވެ.