ހައްޖައް ދިއުމުގެ އަގުގެ 80 އިންސައްތަ ޕެންޝަން ފަންޑުން ހަރަދުކުރެވޭގޮތް ހަދަނީ

1
ހައްޖައްދިއުމުގެ އަގުގު 80% ޕެންޝަންފަންޑުން ހަރަދުކުރެވޭގޮތް ހަދަން ސަރުކާރުން ނިންމައިފި

ހައްޖައް ގެންދިއުމަށް ކަނޑައަޅާ އަގުގެ 80 އިންސައްތަ ޕެންޝަން ފެންޑުން ދެވޭގޮތަށް ކަނޑައަޅައި ދިނުމަށް ކަނޑައަޅަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ޙައްޖަށް ފައިސާ ދުކުރުމުގައި އަމަލުކުރާނެ އުސޫލުގައިވާ ގޮތުން ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ ފަރުޟު ޙައްޖުވުމަށެވެ. ޢަދި ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ ދެބައިކޮށްފަ އެއްބައިކަމަށެވެ.

ސަރުކާރުން މިދިޔަ 6 މަސްދުވަހުގެ ތެރޭގައި ކުރިޔަށް ގެންދިޔަ މަސައްކަތްކާއި ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ޙައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސާ އެ ފަންޑުން ކުރިން ނެގޭނެކަމަށް ކަނޑައެޅި އަދަދު 80 އިން ސައްތައަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ. އަދި ޕެންޝަނާބެހޭ ޤާނޫނަށް އެ އިސްލާހު ހުށައަޅުއްވާފައިވާކަމަށްވެސް ހޫދު ވިދާޅުވިއެވެ.

Advertisements

ޕެންޝަން ފަންޑުން ހައްޖަށް ފައިސާ ދޫކުރުމަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި 336000 ( ތިންލައްކަ ތިރީސް ހަ ހާސް ) ރުފިޔާ ހުންނަ ފަރާތްތަކަށް ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ. މިއަދަދު ބޮޑުކަމަށް ބުނެ ބައެއް ފަރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕެންޝަން ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް ފައިސާ އެ ފަންޑުގައި ހުރީ 6000 މީހުންކަމަށް ޕެންޝަން އޮފީުން ވަނީ ބުނެފައެވެ.

ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރައިޒްކޮށްފައިވާ ބައިވެރިއެއް ނަމަ އެ އަދަދު ނުހިމަނާ ގަވައިދުގައި ބުނާ އެންމެ މަދު މިންވަރުގެ ފައިސާ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުންނަން ޖެހޭކަށްވެސް މި ޤަވައިދުގައި ވެއެވެ. ޢަދި ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެކަމަށާއި ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންކަމަށްވެސް ޤަވައިދުގައިވެއެވެ.

ޙައްޖަށް ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެ ނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެ އެވެ.
މި ޤަވައިދަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

Advertisements

1 COMMENT

  1. ތީތިކަޑަ ބްރޯ. ވާންޖެހޭނެ ގޮތަކީ، ހައްޖައްދިއުމަށް ދައްކަންޖެހޭ ހުރިހާ ފައިސާ އެއް ޕެންޝަން ފަންޑުން ދެއްކުން. އެހެން ނޫނީ ތީތީގެ ބޭނުމެއް ނެތް. މުވައްޒަފުން ކުރި މަސައްކަތުގެ ފައިސާ ތިއީ.

Comments are closed.