ލޯން ސްކީމަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލައި 200 އަށްވުރެ ގިނަ ކުދިންނަށް ލޯނުދެނީ

0
ލޯން ސްކީމްއަށް ކުރިމަތިލީ ގިނަފަރާތްތައް ޑިސްކޮލިފައިވުމުން އަލުން ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި

މަތީ ތަޢުލީމުގެ ލޯނަށް އެދުމަށް ހަޔާއެޑިއުކޭޝަން މިނިސްޓްރީން އަލުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 62 ދަރިވަރުން ލޯނަށް ކުރިމަތިލާފައިވާކަމަށް އެ މިނިސްޓްރީ މިއަދު ވަނީ ހާމަކޮށްފައެވެ. މަތީ ތަޢުލީމުގެ ލޯނަށް އެދުމަށް 242 ޖާގަ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މަތީ ލޯނަށް މިދިޔަ މާޗުމަހު ހުޅުވާލި ފުރުސަތުގައި 993 ދަރިވަރުން ލޯނަށް އެދި ހުށައަޅާފައިވެއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ ޝަރުތު ހަމަވެ ލޯން ލިބުނީ 79 ދަރިވަރަކަށެވެ. ލޯނަށް ކުރިމަތިލީ ގިނަ ކުދިންގެ ފޯމްތައް ފުރިހަމަ ނުވާކަމަށް ބުނެ އެ ފޯމްތައް ކެންސަލްކުރުމުން ގިނަ ބައެއްގެ ފާޑިކިޔުންތައް މިނިސްޓްރީއަށް އަމާޒުވިއެވެ. އަދި އެކަންކަން ހައްލުކުރުމަށްފަހު އުސޫލު މުރާޖާކޮށް އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. ލޯނަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިމަހުގެ 24 ވާ ހޯމަދުވަހެވެ.

ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި މިވަނީ ދަރިވަރުން ބޭނުންވާ ޤައުމަކަށް ކިޔަވަން އެދި ހުށައެޅޭ ގޮތަށް ބަދަލުކުރުމަށްފަހުއެވެ. މިލޯނަށް ކުރިން އެދުނު ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް މިހާރު ފެންނަން ހުންނާނެކަމަށާއި މައްސަލަ ޖެހުނު ބައި އެކަނި ރަގަޅުލުރުމުން އަނެއްކާވެސް ފޯމް ބަލައިގަންނާނެކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here