ސުޕްރީމް ކޯޓުން ނެރުނު އަމުރު ބަލައި ނުގަތުމަށް ޖޭ.އެސް.ސީ އިން ނިންމައިފި

4
ސުޕްރީމް ކޯޓުގެ ހުކުމް ބަލައިނުގަތުމަށް ޖޭއެސްސީ އިން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ގަބޫލު ނުކުރަން އެކޮމިޝަނުން ނިންމައިފި އެވެ.

އެކޮމިޝަނުން މިިރޭ ނެރުނު ބަޔާނެއްގައި ވަނީ ފަނޑިޔާރު އަބްދުﷲދީދީ އާ ގުޅޭގޮތުން ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ. އެކަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

ޖޭއެސް ސީއިން މި ނިންމުން ނިންމާފައިވާއިރު، ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅޭ ކޮމެޓީގެ ބައްދަލުވުން ތަކެއްވެސް ހިނގަމުން އެބަ ދެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ ބައްދަލުވުމަށް މިހާރު ޖޭއެސްސީގެ މެމްބަރުންވެސް ހާޟިރުކޮށް އެކޮމެޓީގެ ބައްދަލުވުންވެސް މިހާރު ދަނީ ހިނގަމުންނެވެ.

Advertisements

4 COMMENTS

  1. ތިކަމަކީ ރަނގަޅުކަމެއްނޫން. ގޮސްކަމެއްގެ ފެށުމެއް.

  2. ސާބަހޭ ރައީސް ނަޝީދު. ހިތްވަރުކޮށްލާ. ގައުމު ހަލާކު ކޮށްލި މީހުން ބޭރުކޮށް ޖުޑީޝަރީ އިސްލާހު ކުރޭ. މަނިކުފާނަށް ކާމިޔާބު ވާނެ.

  3. ސަރުކާރު ވެއްޓި ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ ވަގުތު ޖެހިއްޖެކަމުގެ އަލާމާތް ފެށުނީ . ހުރިހާ ރައްޔިތުންވެސް މިކަން ވަރަށް ކައިރިން ބަލަމުން ގެންދިޔުން އެދެން.

  4. ތިޔަ ކުޅެވެނީ އަލިފާނާއި، ވަރަށް ގޯސްވާނެކަމަށް މީހުން ކިޔާ އަޑު އިވޭ. ވިސްނައިގެން ރަނގަޅަށް ކެތްތެރިކަމާއެކު ކަންކަން ކުރުމަކީ ވިސްނުން ތެރި ބުއްދިވެރިންގެ ގޮތް

Comments are closed.