ޅ.ނައިފަރާއި ލ.އިސްދޫ-ކަލައިދޫ އަދި އެ އަތޮޅުގެ މާވަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތިން މަޝްރޫއު އާރްޑީސީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އިސްދޫ-ކަލައިދޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު މަސައްކަތް ހަވާލުކުރީ 138،382،550.82 ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މާވަށު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކުރީ 51،171،900.28 ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި ނައިފަރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކުރީ 95،181،892.84 ރުފިޔާއަށް މި މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.