މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުންގެ ބަޔާންތައް އީސީގެ ވެބްސައިޓުގައި އާންމުކޮށްފި

0
އިލެކްޝަން ކޮމިޝަނުގެ މެމްބަރުން މީޑިއާ އަށް މައުލޫމާތު ދެއްވަނީ

މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.

އާއްމު އިންތިޚާބުގައި 386 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި 39 ކެންޑިޑޭޓެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ޕީޖީ އޮފީހަށްވެސް ފޮނުވައިފަ އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން ވަކި ގޮތަކަށް ކުރަން ގާނޫނުގައި ކަނޑައެޅިފައިވާ ކަމެއް އެ ނޫން ގޮތަކަށް ކޮށްފި ނަމަ، އެއީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.

Advertisement

 

Advertisements