ގާނޫނާއި ގަވާއިދާ ހިލާފަށް އަތުލި ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާ ދެއްވާނެކަމަށް އިދިކޮޅު ކޯލިޝަން، ޕީއެންސީގެ ރިޔާސީކެންޑިޑޭޓް އަދި މާލޭ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއްކަން ފާހަގަކުރައްްވައި މުއިއްޒު ވިދާޅުވީ، ރައީސް ސާލިހު އައްޑޫ ސިޓީގެ ބޭރުން ވިއްކާލި ކަނޑުގެ ސަރަހައްދު އަނބުރާ ހޯއްދަވައިދެއްވާނެކަމަށެވެ.

ޗާގޯސްގެ މައްސަލަިގައި އިޓްލޮސް އިން ނިންމި ނިންމުގައި ސަރުކާރުން އަމަލު ކުރިީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށްކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ އިޓްލޮސްގެ ނިންމުމުން، ސަރުކާރަށް ލިބުނު ކާމިޔާބެއް ކަމަށް ބުނަމުންދިޔަކަމުގައިވިޔަސް ޑރ.މުއިއްޒު ވިދާޅުވީ އެއީ ކާމިޔާބެއް ނޫންކަމާއި އެކަމަކު ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

މުއިއްޒު ވިދާޅުވި މިކަނޑުގެ ސަރަހައްދު ހޯދައި ދެއްވުމަކީ ކުރައްވާނެ ކަމެއްކަމަށެވެ. ގާނޫނު އަސާސީއާއި، ގާނޫނުތަކާ ހިލާފަށް ކުރައްވާ އެއްވެސް ކަމަކަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ގެނެވޭނީ މިނިވަން ދައުލަތެއް އޮވެގެންކަމަށާއި، އެކަން ކުރެވޭނީ މިނިވަން ކަމާއިއެކު ތިބެވިގެންކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެކަމަށާއި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، މިނިވަންކަމުގެ ދިފާއުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ސާބިތު ކަމާއެކު ކުރައްވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގައި ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މުއިއްޒާއި ސެމްބެ އަދި ޕާޓީގެ އެހެން ބައެއް ހާއްސަ ފަރާތްތަކާއެކު، އައްޑޫސިޓީއަށް ވަޑައިގެން، ހުޅުމީދޫއަށް ވަޑައިގެންނެވުމުން، އެދެރަށުގެ ރައްޔިތުންގެ ތެރެއިން ޕީޕީއެމް/ޕީއެންސީއަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ މުއިއްޒާއި ސެމްބެގެ މި ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.