މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ސިއްހީ މަރުކަޒުން ބަލި މީހުންނަށް ދިން މައްސަލައެއް ހޫނުވެ، އެ ރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ބައެއް ބަލި މީހުންނަށް މިދިޔަ މަހު މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ދިނުމާ ގުޅިގެން އެ ރަށު ބައެއް މީހުން ދަނީ ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އެ މީހުން ހުއްޓުވަން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިކަމާ ގުޅިގެން ގައްދޫ ސިއްހީ މަރުކަޒާ ގުޅުމުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައި އޮތް ކުއްޖެއްގެ ގަޔަށް ގުޅާފައި ހުރި އައިވީ މިދިޔަ މަހު ވަނީ ހަމަވެފައެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި އެވަގުތޔ އެތަނުގެ ތެރޭގައި އާންމުންގެ އިތުރުން ނަރުހުންނާއި ފުލުހުން ވެސް ހަރަކާތްތެރި ވަމުންދިޔައެވެ.

ގައްދޫ ސިއްހީ މަރުކަޒު ކައިރީގައި ގިނަ ބަޔަކު ދަނީ މިކަން ހިނގައިދިޔަ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.