ނ. ފޮއްދޫ ކައުންސިލްގެ އަންހެން މެމްބަރު ޝިފާނާ އީސާ ޕީޕީއެމްއާއި ގުޅިއްޖެއެވެ.

މިރޭ ނ. ވެލިދޫގައި ބޭއްވި ޔާސީ ކެމްޕޭންގެ ޖަލްސާގައި ޝިފާނާވަނީ ޕީޕީއެމްއާއި ސޮއިކޮށް ފޯމު ހަވާލު ކޮށްފައެވެ. ޝިފާނާގެ ފޯމާއި ހަވާލުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ.

ޝިފާނާއަކީ ފޮއްދޫގެ ކައުންސިލްގައި އެންމެ ހަރަކާތްތެރި އަދި އެރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާ މެމްބަރެކެވެ.

ޝިފާނާ ސޮއި ކުރުމާއި ގުޅިގެން ޕީޕީއެމްއިން ވަނީ އެނާއަށް މަރުހަބާ ދަންނަވާފައެވެ. މިރޭގެ ޖަލްސާގައި މުއިއްޒު ވަނީ ނ.އަތޮޅުގެ ރަށްތަކުން ހުށަހެޅި ކަންކަން ދެން އުފެދޭ ޕީޕީއެމް، ޕީއެންސީގެ ވެރިކަމެއްގައި ހާސިލްކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.

އެގޮތުން ޑރ.މުއިއްޒު ވިދާޅުވީ އެ އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ތަރައްޤީއަށް ބޭނުންވާ އެތައް ކަމެއް ކުރަން ހުރިއިރު އެކަންކަން ކުރުމަކީ ވެރިކަން ލިބިއްޖެނަމަ ލަސްނުކޮށްކުރާނެ ކަންތައްތަކެއް ކަމަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެއަތޮޅުން ގިނަ ބަޔަކު ގެންދަނީ ޕީޕީއެމްއާއި ގުޅި އެމަނިކުފާނަށް ތާއީދު ކުރަމުންނެވެ