ފުރަބަންދުގައި އިނގިރޭސިވިލާތުގައި ކިލާސްތަކަށް ނުދެވޭ ތިން ހާހެއްހާ ކުދިން ވަނީ އެމީހުން ދެއްކި ފައިސާކޮޅު ރައްދުކޮށްދޭން އެދެފައެވެ. ކޮވިޑާ ގުޅިގެން ކިލާސްތަކަށް އައިސް ކިޔެވުން ނުބާއްވާ ގޮތަށް، ކެމްޕަސްތައް ވަނީ ބަންދުކޮށްފައެވެ.

އަލަށް ޔުނިވަރސިޓީތަކުގައި ކިޔަވަން މިއަހަރު ފައިސާ ދެއްކި ކުދިން ވަނީ އެމީހުންގެ ކިޔެވުމުގެ ފައިސާއާއި އެމީހުންގެ ހުރުމުގެ ޚަރަދަށްވާ ފައިސާ ދައްކާފައެވެ.

ފުރަތަމަ އަހަރުގެ ކިޔެވުމުގެ ފީއެކަނިވެސް ދެ ލައްކައެއްހާ ދިވެހި ރުފިޔާ އަރާނެއެވެ.

ޔޫކޭ ޑެއިލީ މެއިލްއާ ވާހަކަ ދައްކަވަމުން ނޭޝަނަލް ޔޫނިއަން އޮފް ސްޓޫޑެންޓްސް އިން ބުނެފައިވާ ގޮތުގައި ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅިފައި ވުމާއެކު އެންމެ ރަނގަޅުވާނީ، ދަރިވަރުން ދައްކާފައިވާ ފީތައް އެމީހުންނަށް އަނބުރާ ދިނުމެވެ. އަދި އެކޮމޮޑޭޝަނަށް ފައިސާދެއްކި ކުދިންނަށްވެސް އިތުރު ތަކުލީފެއް ނުޖައްސައި އެމިހުންގެ ކޮންޓްރެކްޓްތައް ބާޠިލު ކުރުމަށް ފުރުސަތު ދޭންވާނެ ކަމުގައެވެ.

އިނގިރޭސިވިލާތުގެ 32 ޔުނިވަރސިޓީއަކުން ވަނީ ކޮވިޑް ކޭސްތަކެއް ފެނިފައެވެ. ތިން ހާހެއްހާ ކުދިން ވަނީ ކުއެރެންޓައިން ކޮށްފައެވެ.