ޝަރީއަތުގެ އަޑުއެހުމަކަށް މީހަކު ގަޑިއަށް ހާޒިރު ނުކުރުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ޖޫރިމަނާކޮށްފި އެވެ.

އެ ޝަރީއަތަކީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލި މައްސަލައެެެެެެއްގެ ޝަރީއަތެކެވެ.

މައްސަލައިގައި ދައުވާ ލިބޭ މީހާއަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ.

ޝަރީއަތުގެ އަޑުއެހުމަކަށް އޭނާ ހާޒިރުކޮށްދިނުމަށް މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުން ކަރެކްޝަނަށް އަމުރު ފޮނުވާފައިވެ އެވެ.

އެހެން ނަމަވެސް އޭނާ ޝަރީއަތަށް ހާޒިރުކޮށްދީފައިނުވާާާތީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 84 ވަނަ މާއްދާގެ ދަށުން 250 ރުފިޔާއިން ކަރެކްޝަންސް ވަނީ ޖޫރިމަނާކޮށްފަ އެވެ.