އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ސާލިހް ރިޔާސީ ކެމްޕޭނަށް ހދ.އަތޮޅަށް ވަޑައިގެންފިއެވެ.

މިއަދު ފެށްޓެވި މި ދަތުރުުފުޅުގައި ރައީސް ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ނޮޅިވަރަމްފަރަށެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ރައީސް މިއަދު ކުޅުދުށްފުށްޓަށް ވަޑައިގެން އެ ރަށުގައި މިރޭ އޮންނަ ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މީގެކުރިން ވެސް ރައީސް ވަނީ ރިޔާސީ ކެމްޕޭނަށް ހދ.އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފައެވެ.