އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރަނިންގ މޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) މެލޭޝިޔާއަށް ވަޑައިގެން އެގައުމުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފިއެވެ.

ސެމްބެގެ މިދަތުރުފުޅުގައި މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ތިބި ޕީޕީއެމަށް ތާއީދު ކުރާ ފަރާތްތަކާ ބައްދަލު ކުރައްވައި ވަރަށް ހާއްސަ އަދި ކުލަގަދަ ހަފުލާއެއްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރިޔާސީ ކެމްޕެއިންގައި މުއިއްޒު އަތޮޅުތެރޭގެ އެކިރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު، ސެމްބެ ދަނީ މުއިއްޒަށް ތާއީދު އިތުރުކުރުމަށް ހާއްސަ ދަތުރުތަކެއް ކުރައްވަމުންނެވެ. ރާއްޖޭގެ އެތައް ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ސެމްބެ ވަޑައިގެންނެވީ މެލޭޝިޔާއަށެވެ.

ސެމްބެ މެލޭޝިޔާގައި
ސެމްބެ މެލޭޝިޔާގައި
ސެމްބެ މެލޭޝިޔާގައި
ސެމްބެ މެލޭޝިޔާގައި
ސެމްބެ މެލޭޝިޔާގައި
ސެމްބެ މެލޭޝިޔާގައި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ވަރުގަދައަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އަދި ދެވަނައަށް އެންމެ ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުން ގެންދަވަނީ ޕީޕީއެމް/ޕީއެންސީންނެވެ.