ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ނިންމައިފި

4
ސުޕްރީމް ކޯޓުން ޑީޑީ ވަކިކުރުމަށް ޖޭއެސްސީއިން ދަނީ މަސައްކަތްކުރަމުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޭނާގެ މައްސަލަ ބައްލަވާ ތަހުގީގު ކޮމިޓީއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިއްޖެ އެވެ.

އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުން ދަނީ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ރިޝްވަތު ނަގައިގެން ހުކުމް ކުރި ކަމަށް ބުނާ މައްސަލައެއްވެސް ހިމެނެ އެވެ. އަދި އަބްދުﷲ ދީދީގެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީއިން ބަލަ އެވެ.

އެމައްސަލާގައި އަބްދުﷲ ދީދީގެ ފަރާތުން ޖޭއެސްސީއަސް ލިޔުމުން ޖަވާބު ހުށަހެޅުމުން އެމައްސަލަ ތަހުގީގު ކުރާ ކޮމިޓީން ޖޭއެސްސީގައި އެދިފައިވަނީ އަބްދުﷲ ދީދީ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާދިނުމަށެވެ.

Advertisement

އަދި އެމައްސަލާގައި ޖަވާބުދާރީ ވުމަށް މާދަމާއިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ފަނޑިޔާރު އަބްދުﷲ ދީދީއަށް ދޭން ޖޭއެސްސީ ބައްދަލުވުމުގައި ނިންމި އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ހުށަހެޅިފައިވެއެވެ. އޭގެތެރެއިން މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި އޭނާއާ ގުޅޭގޮތުން ފާހަގަވެފައިވާ ކަމަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެވެ.

އެއީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ގެއްލުވާލި ކަމަށް ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރުމަށް ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

Advertisements

4 COMMENTS

  1. މިކަމަކީ ކުރުން ލަސްވެފައިވާ ކަމެއް. ހަމައެކަނި މީނާއެއްނޫން. މި އެންމެންވެސް ވަކި ކުރަން ޖެހޭ. މީނާވަނީ ރައީސް ޔާމީންގެ ކެމްޕެއިންގައި، މަސައްކަތް ކޮށްފައި އަދި މީހުންނަށް ބިރުދެއްކި ކަމުގެ ވާހަކަތަކެއްވެސް ދެކެވޭ. އެކަމަކު ހަގީގަތް ބަލަންޖެހޭ

  2. ތިހަދަނީ ގޯސް ގޯސް ވިސްނައިގެން ކަންކަން ކުރަންވާނީ އަތައް ނުގޮއްވާތި

  3. ހެހެހހެހެހެ ގަދަ މީހެއް. ތިކަމެއް ނުވާނެ . ތިކަން ކޮށްފިނަމަ ވަރަށް ގޯސްވާނެ

Comments are closed.