ލުތުފީ މިރޭ ރާއްޖެ ގެންނަނީ

0
ލުތުފީ ރާއްޖެއަށް ނުގެނެވިގެން އުޅެނީ ލިޔެކިޔުންތައް ހަމަނުޖެހިގެންކަމަށް ސަރުކާރުންބުނޭ

ލަންކާގައި ހުންނަ ދިވެހި އެމްބަސީީގެ ބެލުމުގެ ދަށުގައިހުރި، ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދިން އިރު އިސްްކޮށްހުރި ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ލުތުފީ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ، މިރޭ 9:30 ގައި އެމިރޭޓްސް ފްލައިޓް އީކޭ653 އިން ކަމަށެވެ.

ލުތުފީ މިރޭ ރާއްޖެ ގެންނާނީ ފުލުހުންގެ ޓީމުގެ ބެލުމުގެ ދަށުންނެވެ.

Advertisement

ރާއްޖެއަށް އުދުވާނީ ހަމަލާދީ 19 ދިވެހިން ޝަހީދުކޮށްލި މައްސަލައާ ގުޅިގެން އިއްވި މަރުގެ ހުކުމް 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށް އެ ހުކުމް ތަންފީޒު ކުރަމުންްގޮސ، ބޭސްފަރުވާއަށް ލަންކާއަށް ދިއުމަށްފަހު، ލުތުފީ ފިލާފައި ވަނީ 2012 ވަނަ އަހަރު އެވެ.

އެ މައްސަލައިގައި ލުތުފީ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަމާން ދިނުމަށްޓަކައި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އޭނާ ދިޔައީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އެދުވަހުން ފެށިގެން އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށި ނަމަވެސް ލަސްވެފައި ވަނީ ލަންކާގެ ގާނޫނީ މުއައްސަސާތަކުން ލިބެންޖެހޭ ލިއުުންތައް ނުލިބިގެންނެވެ.

Advertisements