މަތީ ޡާނަވީ ތައުލީމް ނިންމާ ކުދިންނަށް ހާއްސަކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އިންތިޒާމްކޮށްގެން ހިންގާ 'ބިނާވެހި' ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފުރަތަަމަ ބުރު އާދީއްތަ ދުވަހު ވަނީ ފަށާފައެވެ.

އާރްޑީސީން ބުނި ގޮތުގައި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ތަޖުރިބާ ކާރުންނާ އެކީ މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި މަސައްކަތަަށް ރަނގަޅުނަމަ ވަޒީފާ ލިބުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. މިފަހަރުގެ ބެޗްގައި ޖުމްލަ އެގާރަ ދާއިރާއެއްގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް 5000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

އާރްޑީސީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވާ ފްރެޝް ގްރެޖުއޭޓުންނަށް ކޮލެޖަށް ކިޔަވަން ދަމުން ޕްރޮގްރާމްގައި އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ތަމްރީންވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.