ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ފެނަކަ އައު އޮފީސް ޢިމާރާތް އަދި ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އައު އިންޖީނުގެ އާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ރައީސް ހދ. މަކުނުދޫގައި ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. ހދ. ކުމުންދޫ ފެނަކަ އައު އޮފީސް އިމާރާތަކީ ވެސް ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އަދި ކުމުންދޫ އިންޖީނުގޭގެ ކެޕޭސިޓީ މިހާރު ވަނީ 760 ކިލޯވޮޓުން 1000 ކިލޯވޮޓަށް އިތުރުކޮށްފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.