އަމިއްލަ ނާއިބް ރައީސާއި އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ހަވަރަށް ދިނުމުގެ ކުރިން މީހުން ކައްކާލުމަށް ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ހައްދުފަހަނަޅާފައިވާ ހަރުކަށި ދޮން މީހުންނަށް ވިދާޅުވީ ،We love you އަދި You are special މިފަދައިންނެވެ. ހިނދުކޮޅެއްގެ ތެރޭގައި ހަވަރު ކެޕިޓަލް ބިލްޑިންގއަށް ވަދެގެން ދިޔައެވެ. މިހާތަނަށް މިޓެރަރިސްޓް ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އިމާރާތުގެ ބޭރުން ގޮވާތަކެތިވެސް ސަލާމަތީ ބާރުތަކުން ހޯދާފައި ވެއެވެ.
ވެރިކަމުގެ ދުވަސްވަރު މީސްމީޑއާ މެދުވެރިކޮށް އެމެރިކާގެ އިޖުތިމާއީ ފޭރާން ދޭސީކޮށްލުމަށް ޓްރަމްޕް ޒަހަރުލާފައިވާ ކަމަށް މެއިން ސްޓްރީމް މީޑިއާއިން ތުހުމަތު ކުރުމުން ޓްރަމްޕް އެތަންތަނުގެ ވާހަކަ ސިފަކުރެއްވީ ފޭކް ނިއުސްގެ ގޮތުގައެވެ.
މިއަދު ބާރު ކެނޑި އެކަހެރި ވުމާއެކު ހުރިހައި ބޮޑެތި މީޑިއާ އަކުން ވަނީ ޓްރަމްޕަށް ފިޔަވަޅު އަޅާފައެވެ.
- ޓުއިޓާ ވަނީ އުމުރަށް ޓްރަމްޕް އެވިއުގައިން ބޭރުކޮށްލާފައެވެ.
- އެފްބީއާއި އިންސްޓަގްރާމުންވެސް އެފިޔަވަޅު އެގޮތަށް އަޅާފައި ވެއެވެ.
- ޓްރަމްޕްގެ ކަނާތު ފިޔައިގެ ވާހަކަތައް ގެނެސްދިން ޕާރލާ ވަނީ އެމެޒޮންއާއި ގޫގްލް އާއި އެޕަލްގެ ޕްލެޓްފޯމްތަކުގައި މަނާކޮށްފައެވެ. ރެޑްއިޓްއިންވެސް ޓްރަމްޕް ބޭރުކޮށްލައިފިއެވެ.
- ޝޮޕިފައި އިން ވަނީ ޓްރަމްޕާ ގުޅުން ހުރި ހުރިހައި އީ ސްޓޯރތަކެއްވެސް ބަންދުކޮށްފައެވެ.
- ސްނެޕްޗެޓުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ޓްރަމްޕް އެޕްލެޓްފޯމުން ބޭރުކޮށްލާފައެވެ.
- ގޭމިންގ ޕްލެޓްފޯމް ޓްވިޗުންވެސް ވަނީ ޓްރަމްޕް ބޭރުކޮށްލާފައެވެ.
- ޔޫޓިއުބުން ވަނީ ޓްރަމްޕަށް ވީޑިއޯ އަޕްލޯޑް ނުކުރެވޭ ގޮތަށް ފަސްޓް ސްޓްރައިކް ދީފައެވެ. ތިން ވަނަ ސްޓްރައިކުން މުޅި ޕްލެޓްފޯމުން މީހާ ބޭރުކޮށްލާނެއެވެ.