މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ވަގުތީ ޕާމަނަންޓް ސެކްރެޓަރީ ވަޒީފާއިން ވަކި ކުރުމަށް ނިންމައިފި

5

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މައްސަލަތަކެއް ދިމާވެގެން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާތީ އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އެހެން ކަމުން  އެ މަސްޢޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ޑިރެކްޓަރ ޖެނެރަލް އަހުމަދު ސަޢީދު  ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާ ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން “ހަލިނިއުސް” އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އަހުމަދު ސަޢީދު ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށް މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާ އޯޑިއޯ އަކާއި ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކޮށް އެ އޯޑިއޯގައި ދެމީހަކު ދައްކާފައިވާ ވާހަކައިގެ ތެރެއިން އެކަކު އެއީ ސަޢީދުކަމަށް ޔަޤީން ކުރެވުމާއި ގުޅިގެން ކަމުގައިވެއެވެ.

Advertisements

އެ އޯޑިއޯގައި ދެކެވިފައިވާ ވާހަކަ ތަކުގެ ތެރޭގައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްތައް ހިމެނޭ ފޯމްތަކަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކެއްކަން ސަބިތުވާތީ، ސިވިލް ސާވިސްގެ ގަވާޢިދުގެ 2014 ގެ 271 ވަނަ މާއްދާގެ(ނ) ގެ 8 ވަނަ ނަމްބަރުގައިވާ ކުށަކަށްވާތީ، އެ މާއްދާއާ ޚިލާފުވުމުން ކަމުގައިވެއެވެ.

އަހުމަދު ސަޢީދު ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު “ހަލިނިއުސް” އަށް ލިބުމުން، މިކަމުގެ މަޢުލޫމާތު ހޯދުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިޕިޔުޓީ މިނިސްޓަރ ޝާފިޢުއަށް ގުޅާލުމުން ވިދާޅުވީ، ތިފަދަ ކަމެއް ހިނގާފައިވާ ކަމުގެ މަޢުލުމާތެއް ލިބިފައި ނުވާކަމަށާއި، އަދި އެއްވެސް މުވައްސަސާއަކުން އެފަދަ މަޢުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށެވެ. ނަމަވެސް މި ނޫހަށް ވަނީ އެއީ ތެދެއްކަން ޔަޤީން ކުރެވިފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މައްސަލައެއް ދިމާވެ އެކަން ތަހުގީގު ކުރަމުންދާ މި ވަގުތުގައި، ވަގުތީ ގޮތުން އެ މަސްޢޫލިއްޔަތު އަދާ ކުރަމުންގެންދާ ފަރާތުގެ މައްސަލައެއް ދިމާވެ ވަޒީފާއިން ވަކި ކުރެއްވުމަށް ނިންމާފައިވާއިރު، މީގެ ކުރިންވެސް އެ މިނިސްޓްރީގެ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކި ކޮށްފައިވަނީ، އެ މިނިސްޓްރީގައި ވަޒީފާގައި ނުއުޅޭ އެހެން މީހެއްގެ އެކައުންޓަށް ކޮންމެ މަހަކުވެސް މުސާރައިގެ ގޮތުގައި ފައިސާ ޖަމާކުރަމުން ގެންދާތާ އެތައް ދުވަހެއްވެފައި ވަނިކޮށް އެކަން، އެ ގޮތަށް ހިނގާކަން އިސްވެރިންނަށް މަޢިލުމާތު ލިބުމުންނެވެ.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތެދުވެރިކަމާއި، ވަފާދާރު ކަމާއެކު ހަލުއި މިނެއްގައި މަސައްކަތް ކުރުމަށް ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

Advertisements
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.

5 COMMENTS

  1. އަޅުގަނޑު ދަންނަން ސަޢީދު. ސަޢީދު އާއި އެއްކޮށް މަސައްކަތް ކުރިން. ސަޢީދަކީ އެކަހަލަ މީހެއް ނޫން. ތިޔަވާނީ ކޮންމެވެސް މޮޅު އެއްޗެއް ހަދާލީކަމަށް

  2. ވަކި ކުރަންޖެހެ މީހުން ގިނަ. ތިޔަ މިނިސްޓްރިގައި ތިބީ ހުސް ތީގެ މީހުން. ސަރުކާރަށް ޖެއްސުން ކޮށް ސަރުކާރު ހިންގަން ދަތި ކުރާމީހުން. އެފަދަ މީހުން ހޯދާ އަވަހަށް ވަކި ކުރޭ

  3. ސިޔާސީ ބައެއްގެ ރޭވުމުން ކުރި ކަމެއް. މިކަހަލަ ކިތަންމެ ކަމެއް އަދި ކުރާނެ

  4. ތިޚަބަރު ލިޔުނު ފަރާތައް މަޢުލޫމާތު ނުލިބޭ އެކަކު އެބަހުރި. އެއީ ސަޢީދުގެ ބިޓެއް. އޭނައަށްވެސް ވަނީ ނޯޓިސް ދީފައި އެއްމައްސަލައެއްގައި، އެއްގޮތަކަށް ކަންތައް ކުރީ، ސަޢީދު ބިޓް އާއި ގުޅިގެން ވަރަށް ކަންތައް ހިންގާފައި އެބަހުރި

  5. ބުނަންވާހަކައެއް. ތިކަން ކުރަން އުޅޭތާ ވަރަށް ޒަމާން ވެއްޖެ. ތިކަން ނިމިގެން ދިޔަ އިރު މިނިސްޓަރަށް ވާނުވާ ނޭނގޭ. ބޯހަލާކު. މިނިސްޓަރ އިސްތިއުފާ ދޭންޖެހޭ

Comments are closed.