ނޭންސީ ޕެލޯސީ ޓްރަމްޕް ސިފަކުރައްވާފައި ވަނީ "އަންހިންޖްޑް" ޕްރެޒިޑެންޓްގެ ގޮތުގައެވެ. އަންހިންޖްޑް އިނގިރޭސިބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް ޓަކައި އާންމު ބަހުރުވައިން އެއާ އެންމެ ގާތް ކުރާ ބަހަކަށް ލިބޭނީ "ބޮލު ރޮނޑި ކެނޑިފައި ހުރުން" މިއެވެ.

ބަސްފޮތުގައި ބޮލުރޮދިކެނޑުން މާނަކޮށްފައިވަނީ، "މ. [މަޖާޒު] މީހެއްގެ ދެކޮނޑު ރީތިވަރަށް ވުރެން ބޮޑަށް އެލުން." މިއެވެ.

"ރައީސް ޓްރަމްޕް އެހުންނެވީ ބޮލުރޮދި ކެނޑިފައި" މިއަށް ވުރެން މުނާސިބު ގޮތަކަށް މި ބަސް ބުނެވޭނީ ކިހިނެއް ބާވައެވެ؟

ހަވަރު އެއްވުމުގައި ބައިވެރިވި ޓްރަމްޕްގެ ސަޕޯޓަރުން ސިފަ ކުރަމުންވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ އެއީވެސް ބޮލު ރޮދި ކެނޑިފައިވާ ބައެއް ކަމުގައެވެ.