އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެފްއާރުއެސް ކޮމްޕޯނަންޓުން، ސ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދިޔަ ފަޔަރ އެވެއަރނަސް ޕްރޮގްރާމުގައި އެ ސެންޓަރުގެ 11 މުވައްޒަފުން ބައިވެރިވިއެވެ.

މީގެއިތުރުން، މި ޕްރޮގްރާމްގައި ތިޔަރީއާއި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ވަނީ ކުރިއަށް ގެންގޮސްފައެވެ. އ

އެގޮތުން އަލިފާން ރޯވާގޮތާއި، އަލިފާން ރޯވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި، ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި ފަޔަރ ބުލޭންކެޓު ބޭނުންކޮށް އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ މި ދާއިރާއިން ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެފްއާރުއެސް ކޮމްޕޯނަންޓުގެ ސިފައިންނެވެ.