ހުޅުމާލޭގައި އާންމު ފާހާނާ ބަރިއެއް ހަދައިފި

0
ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ހަދާފައިވާ ފާހާނާ ބަރި – ފޮޓޯ ޕީއެސްއެމް ނިއުސް

ހުޅުމާލޭގައި ހަދާ އާއްމު ފާޚާނަބަރީގެ މަސައްކަތް ނިމިއްޖެއެވެ. މި ފާޚާނަ ބަރީގައި އަންހެނުންނަށް ޚާއްސަ ފާޚާނައާއި ފިރިހެނުންނަށް ޚާއްސަ ފާޚާނަތައް ހިމެނެއެވެ.

އާއްމު ދުވަސްތަކާއި ހަފްތާ ބަންދަކީ ހުޅުމާލެއަށް ގިނަ އަދަދަކަށް މީހުން ޒިޔާރަތްކުރާ ދުވަސްތަކެކެވެ. އާއިލާއާއެކު ވަގުތު ހޭދަކޮށްލުމާއި، ހުޅުމާލެއަށް ދަތުރު ދިއުމަކީވެސް ހުޅުމާލޭގެ އިތުރުން މާލޭގައި ދިިރިއުޅޭ ފަރާތްތަކުންވެސް ކުރަމުން އަންނަ ކަމެކެވެ.
މިގޮތަށް ދާ ފަރާއްތަކުގެ އެއް ޝަކުވާއަކަށް ވެފައި އޮންނަނީ ހުޅުމާލޭގައި އާއްމު ފާޚާނާތައް ނުހުންނަ މައްސަލައެވެ.

މިކަމަށް ޙައްލެއް ހޯދުމަށް ހުޅުމާލޭ 2 ވަނަ ރުއްގަނޑު ސަރަޙައްދުގައި އެޗްޑީސީން މިހާރުވަނީ ފާޚާނަބަރިއެއްހަދައި، އެކަމުގެ މަސައްކަތް އެއްކޮށް ނިންމާފައެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ފާހަނަބަރި ޕްލޭނިންގ މިނިސްޓްރީއާއި ހަވާލުކޮށް، އާއްމުންނަށް ބޭނުންކުރަން ހުޅުވާލުމުގެ މަސައްކަތްކަމަށެވެ.

Advertisements

ހުޅުމާލޭގައި އަލަށް ހެދި މި ފާޚަނަ ބަރީގައި އަންހެނުންނަށް ޚާއްޞަ 3 ފާޚަނައާއި ފިރިހެނުންނަށް ޚާއްޞަ 3 ފާޚާނަ ހިމެނެއެވެ. އަންހެން އަދި ފިރިހެން ފާޚާނަ ބަރީގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަ ޚާއްސަ 1 ފާޚާނާ ހިމެނެއެވެ.

މީގެއިތުރުން އަންހެން ފާޚާނަބަރީގައި ގާތުންދޭ ކޮޓަރިއަކާއި، ތުއްތު ކުދިންގެ ނެޕީ ބަދަލުކުރާ ކޮޓަރިއެއްވެސް ހުރެއެވެ.

ހުޅުމާލޭގައި ފާޚަނަބަރި ހަދާފައިވަނީ 900 އަކަފޫޓޫގެ ބިމެއްގައެެވެ. އަދި މިކަމަށް ސަރުކަރުން 1.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ޕްރޮޖެކްޓާއެކު ހުޅުމާލޭގެ މޫދަށްއެރޭ ސަރަޙައްދުގައި ލައިޓް ޖެހުމުގެ މަސައްކަތްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. މިކަމަކީ އެތަނަށް ރޭގަނޑު މޫދަށްއެރޭ މީޙުންގެ ރައްކާތެރިކަމާއި، އެފަރާތްތަކަށް ފަސޭހަ ކުރުމަށް ޖެހި ލައިޓްތަކެކެވެ.

އެޗްޑީސީން ގެންދަނީ ހުޅުމާލޭ ގޮނޑުދޮށާއި އަތިރިމައްޗަކީ މީހުންނަށް ފަސޭހަކަމާއެކު ހިތްފަސޭހަކޮށްލުމަށް ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ އަތިރިމަތި ސަރަޙައްދުގައި ހުރި ކެފޭތައް ނެގުމަށްމިހާރު އަންގާފައިވާއިރު، އެސަރަޙައްދު ދެން ތަރައްޤީކުރާނީ އާއްމުންނަށް ބޭނުންކުރެވޭގޮތަށް ހިތްފަސޭހަ ސަރަޙައްދުވެސް ހިމަނައިގެންނެވެ.

ފާޚަނަ ބަރިއާއި، ޝަވަރ ހެޑްތައް ބޭނުންކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަދާނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި މޫދަށް އެރޭ އެހެން ސަރަޙައްދުތަކުގައިވެސް ޝަވަރ ހެޑްސް ބަހައްޓާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

Advertisements