ބ.ދަރަވަންދޫ ކައިރިއަށް ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނިގޮތުގައި ބ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށްދާ ކަމުގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:45 ހާއިރުކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ އެދޯނިން 13 މީހުން ދަތުރުކުރިކަމަށެވެ. އަދި އެއީ 12 ބިދޭސީންނާއި 1 ދިވެއްސެވެ.
އަދ ފުލުހުން ބުނީ އެ ހުރިހާ އެންމެންގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ބުންފައިވެއެވެ.
ނަމަވެސް އެ ދޯނީގައި ހުރި މުދާތައް ވަނީ އޮޔާ ދަން ފަށާފައެވެ.
ބ.އަތޮޅަށް މިއަދު މޫސުން ގޯސްވުމުގެ ސަބަބުން މޫސުމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.