މާލެއިން ގެއްލިގެން ހޯދަން މިއަދު ފުލުހުން އިއުލާނު ކުރި 35 އަހަރުގެ އަބްދުލްއައްފާރު އަބްދުލްއަފޫރު ފެނިއްޖެއެވެ.

ފުލުހުންގެ ބުނީ އޭނާ ފެނިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އަބްދުލްއައްފާރަކީ މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔެގެން މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ.

ފުލުހުންނަށް ފިލަން ފާހާނާ ތެރެއަށް ވަދެ އޮއްވާ މިދިޔަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހު އައްފާރު ހައްޔަރު ކުރީ އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރާތީ ކަމަށް ބުނެއެވެ. ނަމަވެސް، އޭނާ ފަހުން ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 6 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.