ސިވިލްސާވިސް ކޮމިޝަން އުވާލަންޖެހޭ.

7

ސިވިލް ސަރިވިސް ކޮމިޝަން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭނެބާ!

 

Advertisements

ސިވިލް ސަރވިސް ކޮމިޝަން އުފެދުނީއްސުރެ އިވެމުންދާ ޝަކުވާތަކަށް މިއަދާ ހަމައައްވެސް ހައްލެއްވަނީ ލިބޭގޮތް ނުވެފައެވެ. މުސާރަ ކުޑަވާހަކައެވެ. ވަޒީފާގެ ކުރިއެރުން ނުލިބޭވާހަކައެވެ. މުވައްޒަފުންގެ އެޕްރެއިސަލް ހެދުމުގައި އިންސާފުވެރި ނުވާ ވާހަކައެވެ. އިތުރުގަޑީގައި ކުރުވާ މަސައްކަތްތަކަށް ހައްޤުވާ މިންވަރަށް ފައިސާ ނުލިބޭވާހަކައެވެ. މިއީ އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު އުފެދުނު ސިވިލްސަރވިސް ގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ހުރި ބައެއް ޝަކުވާތަކެވެ. ސިވިލް ސަރވިސް ޤާނޫނު ވުޖޫދައް އައިފަހުން ސިވިލް ސާވިސްގެ ގާނޫނަށް ވަނީ އެތައްފަހަރަކު އިސްލާހު ގެނެސްފައެވެ. ސިވިލް ސަރވިސް މުވައްޒަފުންނކީ ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ތެރޭގައި އެއިރެއްގައި އޮން ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ވައުދުވެފައިވާ ޙިދުމަތްތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެހާ އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަންތިބޭ ބައެކެވެ.

ނަމަވެސް މިހާރު އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި، ލަސްވުމާއި، ހާސިލް ކުރަންބޭނުންވާ ކަންކަން ހާސިލްކުރުމުގައި ދަތިތައް ކުރިމަތވެ، މަސައްކަތް ކުރަންތިބޭ މީހުން ފަހަތު ފަޔަށް ބުރަވެގެން ދާވަހަކައެވެ. ކުރަން ބޭނުން ނުވާކަމެއް  އެކަމެއް ނުކުރެވެން އޮތްހާ ހުއްޖަތެއް ދެއްކުމެވެ. އެކަމަށް އޮތް ހާ ހުރަހެއް އެޅުމެވެ. ތިމާ ހިންހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ކުރި މިހާ ނުވަތަ ކުރަން އުޅުނު މީހާގެ ދުވަސް ދުއްވާލުމެވެ. އަދި މީގެ އިތުރުން އެންމެ ކަންބޮޑުވާންޖެހިފައިވާ ކަމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި ގަސްދުގައި ލަސްކުރުމާއި، އެކަމަށް ނުސީދާ ގޮތަކަށް ހުރަސް އެޅުމެވެ. މިއީ، ހުރިހާ ސަރުކާރުތަކަކަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިވާހަކަ އަކީ އޮފީސްތަކުގެ މޭޒުމަތިންފެށިގެން ގޮސް، ސައިހޮޓާ ތަކުގެ މޭޒުމައްޗާ ހަމައަށް މީހުން ދައްކަމުން ގެންދާ ވާހަކައެކެވެ.

މިކަންތައްތައް މިހެން ދިމާވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ، ސިވިލްސާވިސް ކޮމިޝަންގެ ޒިންމާދާރުކަން ކުޑަވުމާއި އަޅާލުން ކުޑަވުމެވެ. ކޮމިޝަން ބޭނުން ވީމާ ބޭނުންވާ ކަމެއް ކުރުމެވެ. ކޮށްފައިވުމެވެ. އަސްލު ސިވިލްސާވިސް ކޮމިޝަން ކޮމިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާތަން ފެނިގެން ނުދިޔުމެވެ.

ސިވިލްސާވިސް ކޮމިޝަން އުވާލާ ކުރިންވެސް އޮތް ގޮތަށް އޮތުމަކީ މުވައްޒަފުންނާއި، ސަރުކާރަށް އަދި ޚިދުމަތް ދިނުމުގައިވެސް އެންމެ ރަނގަޅު ގޮތް ކަމުގައި، ކަމާބެހެ ތަޖުރިބާ ކާރުންނާއި، އަދި އޭރުގައި މަސައްކަތް ކޮށް ތޖުރިބާ ލިބިފައިތިބި އިސްރަށްވެހިންނާ އެހެން މީހުންވެސް މިހާރު ގަބޫލު ކުރެއެވެ. މިއީ ހަގީގަތް ކަމަށްވާއިރު ސުވާލަކީ، ސިވިލްސާވިސް ކޮމިޝަންގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މުވައްޒަފުންނަށް ލިބުނު ކުރިއެރުމަކީ ކޮބާ ހެއްޔެވެ؟ ލިބުނު މަންފާއަކީ ކޮބާހެއްޔެވެ؟ މުވައްޒަފުންނަށްޓަކައި އެފަރާތުން ކުރީ އަދި ވީ ކޮން ގުރުބާނީއެއްހެއްޔެވެ؟ ޖަވާބަކީ އެއްމެ އެއްޗެކެވެ؟ އެއީ ދިވެހިރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދު ކުރުމަށް ހަދާފައިވާ ތަނެކެވެ. މުވައްޒަފުންނަށް ކުލަ ހުވަފެންދައްކާ ރީތި ޢިބާރާތުން، “ރީތި” ވާހަކަ ދެއްކުން ފިޔަވާ އެއްވެސް ކަމެއް ނުކުރެއެވެ.

އާސަރުކާރެއް އެކުލަވާލައި، މިވީ މަދު ދުވަސްތަކުގެ ތެރޭގައި ސިވިލްސާވިސްގެ ފަރާތުން އެފަރާތައް އެއްބާރުލުން ދިނީ ކިހާވަރަކަށްކަން ކޮން ގޮތަކަށްކަން އެނގޭނީ އެ ވުޒާރާއެއް ހިންގަން ހުރި މީހަކަށެވެ. ނުވަތަ ސަރުކާރު އިސްމަގާމުތަކުގައި ތިބި މީހުންނަށެވެ. ކޮންމެ ވުޒާރާއަކަށް ޕާމަނަންޓް ސެކްރެޓަރީއެއް ލައި ބޮޑު މުސާރަ ދީފައި ހުންނަނީ ކޮންމެވެސް ބޭނުމެއްގައެވެ. އެމީހުންގެ ޒިންމާއަކީ ކޮބާތޯ ވެސް ބަލަން ޖެހެއެވެ. އެމީހުން ކުރަނީ ކުރަންޖެހެނީ ކޮންކަމެއްތޯވެސް ބަލަން ޖެހެއެވެ. ދައުލަތުގެ ވުޒާރާތަކަކީ އެއްވެސް ބައެއްގެ އަމިއްލަ މިލްކިއްޔާތެއް ނޫނެވެ. އެއީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ރައްޔިތުންގެ ފައިސާއިން ޚަރަދު ކޮށްފައިވާ ރައްޔިތުންގެ ތަންތަނެވެ. މިކަން އެއްވެސް ފަރާތަކުން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ދެން އޮތީ މުވައްޒަފުންގެ މައްސަލައަކީ ކޮބާތޯއެވެ؟ އަސްލު ސިވިލްސާވިސް މުވައްޒަފުންގެ އެއްވެސް މައްސަލައެއް ނެތެވެ. އެމީހުންނަކީ ކުޑަ ކުޑަ އުޖޫރައަކަށް މަސައްކަތް ކުރާބައެކެވެ. އޮފީހުގެ ހުރިހާ މަސައްކަތެއް އެހާ ގިނަ ވަގުތު ހޭދަކޮށްގެން މަސައްކަތް ކުރާބައެކެވެ. އެކަމަކު އޭގެ ނަތީޖާއަކީ ހަމަ ” ސުމެއް” ކެވެ. އެހެން މިދަންނަވާލަން ޖެހުނީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ސިޔާސީ ބޭފުޅުންނާއި، ކޮންޓެކްޓް މުވައްޒަފުންނާއި، އަދި އެހެނިހެން ގޮތް ގޮތުން ވަޒީފާއަދާ ކުރާ މީހުން، ކުރުކޮށް ބުނާނަމަ ސިވިލްސާވިސް މުވައްޒަފުން ފިޔަވާ އެހެން ހުރިހާ އެންމެނަށް ބޮޑު މުސާރަ ދެއެވެ. އެފަރާތްތަކުގެ މުސާރަ، ” ސަތޭކަ” އާއި ” ސުމަކާ” ހާ ތަފާތެވެ.

މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ކަރަދު ކުރަނީ ސަރުކާރުގެ ބަޖެޓުން ރައްޔިތުންގެ ފައިސާއިންނެވެ. އެކަމަކު މަގާމުގައި ކިޔާ ނަމެއްގެ ސަބަބުން ނުވަތަ އެކުލަވާލެވިފައިވާ ގާނޫނެއް ނުވަތަ ގަވާޢިދެއްގެ ސަބަބުން މިހާ ބޮޑެތި ތަފާތު ކުރުން ތައް ހުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. މިއީ ހަގީގަތެވެ. މި ހަގީގަތް ކަމަށްވާއިރު، މިކަމާ ސިވިލްސާވިސް ކޮމިޝަނުން ކުރީ ކޮންކަމެއްތޯއެވެ؟ އަޅާލީ ކޮން އަޅާލުމެއްތޯއެވެ؟ ކަންބޮޑުވެގެން މަސައްކަތް ކުރީ ކިހާ މިންވަރަކަށް ތޯއެވެ؟ އެހެން ކަމުން ސިވިލްސާވިސް މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް އޮފީހުގެ މަސައްކަތުގެ މާހައުލު ރަނގަޅުކުރަން ސިވިލް ސާވިސް ކޮމިޝަނުން” ރީތި ލަވަ” ކިޔުން ފިޔަވާ އިތުރު އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ. ސަރުކާރުތަކަށް އެއްބާރުލުން ދިނުމަށްޓަކައި، އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ. މިކަން ގަބޫލުކޮށް މިކަން އިސްލާހުވާން އެބަޖެހެއެވެ. މިކަން އިސްލާހު ކުރަން އެބަޖެހެވެ.

އެހެން ކަމުން ސަރުކާރުތަކާއި ހަވާލު ކުރާ ފަރާތްތަކުގެ މެނިފެސްޓޯ ތަންފީޒު ކޮށް ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށްޓަކައި، ސިވިލްސާވިސް ކޮމިޝަން އުވާލާ ކުރިން އޮތް ފަދަ ނިޒާމެއް ނުވަތަ އެނޫން ނިޒާމަކަށް ދާން އެބަޖެހެއެވެ. ޔަގީން ކުރެވޭ ކަމަކީ ސިވިލްސާވިސް ކޮމިޝަނަކީ ހައްލެއް ނޫންކަމެވެ. ހައްލަކީ ކޮމިޝަން ނޫން ގޮތެއް ހޯދުމެވެ. ކުފޫ ހަމަނުވާ ޕާމަނަންޓް ސެކްރެޓަރީން ކިބައިން ސިވިލްސާވެންޓުން ސަލާމަތް ކުރުމެވެ. މިކަންކަން ހާސިލް ވާނީ ސިވިލްސާވިސް ކޮމިޝަން އުވާލައިގެންނެވެ.

Advertisements

7 COMMENTS

  1. ތީ ކުރަން ޖެހިފައިފައި އޮތް ވަރަށް މުހިންމު ކަމެއް.ތިކަމަކީ މާ ލަސްވެއްޖެ ކަމެއް. ޝާމީމްތީ ވަރަށް ޒާތީ ގޮތުން މީހުނާ ޖައްސައިލައިން އުޅޭ ޟައިތާނާއެއް

  2. ތިޔަ ބުނާ ޝަމީމަކީ ވަރަށް ޖަރީމާ ހިންގާ މީހެއް. އިސްލާމިކް މިނިސްޓްރީގެ ޕީއެސް މައްސަލައިގެ ތެރެއަށްވަދެ، އޭނާ ވަރަށް އަވަހަށް ވަޒީފާއަށް ނެރެން ދަނީ މަސައްކަތް ކުރަމުން.

  3. ސިވިލް ސާވިސް އަކީ ކުޅޭކުޅޭ ބައެއް . ކޮމިޝަނުން ހައްދައިގެން ގެންގުޅޭ ކުދިން ކޮޅެއް.

  4. ކޮމިޝަން އުވާލާ، ޖަރީމާ ހިންގި މީހުން ހައްޔަރު ކުރޭ

  5. ތިހުރީ އެންމެން ދަންނަ، ނުދައްކާ ވާހަކަ. ސާބަސް

Comments are closed.