މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކިޔުތައް ބަންދުކޮށް ބައެއް ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ވެސް އިއުލާނުކުރަން ފަށައިފިއެވެ.

ހަތަރެއް ޖެހި އިރު ކިޔޫތައް ވަނީ ބަންދުކޮށްފައެވެ. އަދި މިހާތަނަށް ނަވާރަ ވަރަކަށް ފޮށީގެ ނަތީޖާ ވަނީ އިއުލާނުކޮށްފައެވެ.

އެ ނަތީޖާތަކަށް ބަލާއިރު ދާދި އެއްވަރެއްގައި އެންމެ ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްރައީސް ސާލިހެވެ.

ވޯޓު ފޮށިތަކުގެ ކިޔޫތައް ބަންދުކުރި ފަހުންވެސް ވޯޓުލާން އެތައް ބަޔަކު ވޯޓުލާ ސަރަހައްދުތަކަށް ދިޔައެވެ. އެހެންނަމަވެސް ވަގުތު އިތުރު ނުކުރާނެކަން ދުރާލާ އިލެކްޝަންސް އިން ވަނީ އިއުލާނުކޮށްފައެވެ.