މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ އެވެ.

މަސްއޫދު ނިޔާވީ އިންޑިއާގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ. މަސްއޫދު ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، މިއަދުގެ ވަގުތެއްގައި އިންޑިޔާއަށ ވަޑަައިގެން އުޅުއްވަނިކޮށެވެ.

މަސްއޫދަކީ ރާއްޖޭގައި ނުހަނު މަޝްހޫރު އަޑުގެ ބޭންޑުން ވިދާލި، އެތަކެއް ރީތި ލަވަތަކެއް ކިޔުއްވާފައިވާ ލަވަކިޔުންތެރިއެކެވެ. މަސްއޫދުގެ ލަވަތަކުގެ ތެރެއިން "ދިރުމާ މަރާ ގުޅާލާ،" "ދީފާ ހިތާމޭ އާދޭސް ކުރީމޭ" އާއި "ނޫރޭ މި ލޯބިން ދިއްލި އުޖާލާ" އަކީ އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަތަކެކެވެ.

މަސްއޫދަކީ ދިވެހި ފިލް އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު، ޑިރެކްޓަރު އަދި ޕްރޮޑިއުސަރު އަހްމަދު ނިމާލްގެ ދޮން ބައްޕައެވެ. މީގެ އިތުރުން ލަވަކިޔުންތެރިޔާ ލިލީތާ މަސްއޫދުގެ ބައްޕައެވެ.