ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރުގެ އެއްބަންޑު އެއްބަފާ ކޮއްކޮ އަހުމަދު ނިހާދު ޢަބްދުއްސައްތާރު، އިދިކޮޅު ޕީޕީއެމާ ގުޅިއްޖެއެވެ.

ނިހާދު ޕީޕީއެމަށް ސޮއިކުރެއްވުމުން، އޭނާގެ ފޯމާއު ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު، ޑރ.މުހައްމަދު މުއިއްޒުއާއި، އެމަނިކުފާނުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފެވެ.

މީގެއިތުރުން ނިހާދަކީ ރައީީސް ސާލިހުއަށް ތާއީދު ކުރައްވާ ޑރ.މުހައްމަދު އިޔާޒް ޢަބްދުއްލަތީފްގެ ލިޔަނެކެވެ.