ހުޅުމާލެ މަގުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ ބުނީ ހުޅުމާލެ އުނިގަސްމަގުގައި މީހަކު ވެއްޓިފައި އޮތް ކަމަށް މިއަދު 08:02 އެހާކަންހާއިރު ފުލުހަންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ވަނީ އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ހާމަކޮށްފައެވެ.

އަދި ނިޔާވެފައިވާ މީހާއަކީ ބިދޭސީ ފިރިހެނެއްކަމަށާއި އަދި އެއީ ފަތިހު ޖޮގިން އަށް ނިކުމެ އުޅުނު މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.