ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގައި ސޯލާ ޕެނަލްތަކަށް ގެއްލުންވެއްޖެއެވެ.

މާލެ-ހުޅުމާލެ ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ހައިވޭގެ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައިވާ ކަމަށް މިއަދު ހެނދުނު 07 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގީ ޓެކްސީ ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.