އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިންގްހަމް ޕެލަސްގެ ފާރަށް އެރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މީހުން އެތެރެވުން މަނާ ސަރަހައްދަކަށް ވަނުމަށް މަސައްކަތް ކޮށްގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހެއްކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ އެމީހާ އަރާފައިވަނީ 260 އަހަރުވީ ގޯލްޑް ސްޓޭޓް ކޯޗް ސަރަހައްދުގައި ހުންނަ ފާރަކަށެވެ. އަދި އެސަރަހައްދަކީ ރަސްގެފާނު ޗާލްސް ތަހުތަށް އަރައިވަޑައިގަތުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިޔަށް ގެންދިޔަ ސަރަހައްދުކަމަށްވެސް ބުންޏެވެ.

ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ސީރިއަސް އޯގަނައިޒަޑް އެންޑް ޕޮލިސް ގާނޫނުގެ ދަށުން ރައްކާތެރި ކޮށްފައިވާ ސަރަހައްދަކަށް ގަވާއިދާ ހިލާފަށް ވަންނަން މަސައްކަތް ކުރިކަމުގެ ދައުވާއެވެ.

މިދިޔަ މަހު ވަނީ، ބަޑިއަށް ވަޒަން ލައްވަން ބޭނުންކުރާ ކާޓްރިޖް ފަދަ ތަކެތި ބަކިންގހަމް ޕެލަސްއަށް އުކި މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ.