ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހުގައި މަސައްކަތް ކުރަން ލިބިވަޑައިގެންނެވި ފުރުސަތަކީ ނުހަނު އަގު ހުރި ތަޖުރިބާއެއް ކަަމަށެވެ. އަދި މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އޭނާ ވަކިވެވަޑައިގެންފައިވާ ކަމަށާއި ދިވެހި ޤައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށެވެ.

އަލީ ވަހީދު ގުޅޭނީ ކޮން ޕާޓީއަކާއި ކަމެއް އޭނާ ހާމަކޮށްފައި ނުވެއެވެ. އަލީ ވަހީދު މީގެކުރިން ހުންނެވީ ޖޭޕީގެ ރައީސް ކަމުގެ މަގާމުގައެވެ. އެކަމަކު، އެ ޕާޓީގެ ގަވައިދަށް ގެނައި އިސްލާހެއްގެ ދަށުން ޖޭޕީގެ ރައީސްކަމުގެ މަގާމު އުވާލުމުން އެ މަގާމު ގެއްލުނީއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިވެވަޑައިގެންފިއެެވެ.

Ads by STELCOއަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަރިހުގައި މަސައްކަތް ކުރަން ލިބިވަޑައިގެންނެވި ފުރުސަތަކީ ނުހަނު އަގު ހުރި ތަޖުރިބާއެއް ކަަމަށެވެ.

އަދި މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އޭނާ ވަކިވެވަޑައިގެންފައިވާ ކަމަށް ވެސް، ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށެވެ.