
ކައުންސިލަރު ކަމަށް ކުރީގެ ރައީސް، ރައީސްޔާމީން ޢަބްދުލްޤައްޔޫމް ކުރިމަތި ލިޔަސް ނުހޮވޭނެކަމަށް، ޑީ.އާރު.ޕީގެ ލީޑަރ، އަދި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ، 7 އޯގަސްޓް ވީ ބުދަ ދުވަހު، ހަވީރު ޑީއާރުޕީގެ ފަރާތުން، މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައެވެ. ޖާބިރު ވިދާޅުވި ގޮތުގައި ޔާމީން ވަނީ ބަނގުރޫޓްވެފައި ކަމަށާއި، އެބޭފުޅާ ނިސްބައިވާ ޕާޓީ ހިނގަނީ ބަނގުރޫޓް ވެފައިވާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން މިހާރު އިނދިކޮޅު އެއްވެސް އިތުރު ޕާޓީއެއް ނެތްކަމަށާއި، އިނދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަމައެކަނި އޮތީ ޑީއާރުޕީ އެކަނި ކަމުގައެވެ.
މުސްތަގުބަލްގައި ޑީއާރުޕީއަކީ އެންމެ ވަރުގަދަ ދެވަނަ ޕާޓީއަށް ވެގެންދާނެކަމަށެވެ. ޕީއެންސީ އަދި ޕީޕީއެމް އަކީ ޑީއާރުޕީގެ މީހުން ގޮސް ހަދާފައިވާ ޕާޓީއަކަށް ވާތީ، އެ ދެޕާޓީއަށް ނިސްބަތްވާ ހުރިހާ އެންމެންވެސް، އެނބުރި ޑީއާރު ޕީއަށް ވަނުމަށްވެސް ޖާބިރުވަނީ އެދި ލައްވާފައެވެ.

ޖާބިރު ކިތައްމެ ވަރަކަށް ތިހެން އުޅުނަކަސް އަދި ޔާމީނަށް އޮތް ތާއީދު ޖާބިރަކަށް ނުލިބޭނެ
ޖާބިރު ދައްކާ ވާހަކަ އަޑު އަހާފައި ވަރަށް ހިނިވެސް އާދޭ . ހިތައް އަރާ މީނަ ހުންނަނީ ހަމަ ހޭގައި ބާ
ތި އުޅެނީ ޔާމީން ބުނެގެން ބަޔަކު ކަލޭ ހަލާކު ކުރަންވެގެން. ޔާމީންގެ ރޭވުމެއްގެ ދަށުން
Comments are closed.