ރާއްޖެ އާއި ލަންކާއާ ދެމެދު ކުޅުނު ވޮލީ މެޗް ނައިބުރައީސް ބައްލަވާލައްވައިފި

0

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިރޭ ކުޅުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު ފޯރިގަދަ މި މެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ލަންކާ ޓީމެވެ.

ލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމު ރާއްޖެއަށް ކުރާ މިޒިޔާރަތަކީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަޢުވަތަކަށް ކުރާ ދަތުރެކެވެ.

Advertisement

ލަންކާގެ ޤައުމީ ވޮލީޓީމާއެކު ރާއްޖޭގެ ޤައުމީ ވޮލީޓީމު މިރޭ ކުޅުނު މެޗަކީ ލަންކާގެ ޓީމު ރާއްޖެއަށް މިކުރާ ޒިޔާރަތުގައި ދިވެހި ޤައުމީ ޓީމާއެކު ކުޅުނު އެކުވެރިކަމުގެ ފަހު މެޗެވެ. ދިވެހި ޤައުމީ ވޮލީޓީމު ލަންކާގެ ޤައުމީ ޓީމާއެކު ކުޅުނު މިމެޗު ތަކަކީ އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން ( އޭވީސީ) ގެ ފަރާތުން ނޭޕާލްގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗުތަކެކެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here