
ހައްޖަށް ގޮސް ހުއްޓާ ސްޓްރޯކެއް ޖެހިގެން ކޯމާގައި އޮތް ހައްޖުވެރިޔާ ނިޔާވެއްޖެއެވެ.
ސްޓްރޯކެއް ޖެހިގެން ފ. ދަރަނބޫދޫ، މުޝްތަރީގެ، ސީމާ މުހައްމަދު، 38 އަހަރު، ކޯމާއަކަށް ދިޔައީ މިދިޔަ އާދީއްތަ ދުވަހުއެވެ.
Advertisements

އޭނާއަށް ފަރުވާ ދެމުންދިޔައީ “މިނާ އަލްވާދީ” ހޮސްޕިޓަލުގައެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސީމާ ނިޔާވީ މިއަދުގެ އިރުއޮއްސުނު ވަގުތު ކަމަށެވެ.
ސީމާ ނިޔާވިކަން އާއިލާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
Advertisements
