އަދީބަށް އަނިޔާވެގެން ފަރުވާދެނީ

0
ކުރީގެ ނައިބު ރައީސް އަދީބު ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައި

ކ. މާފުށީ ޖަލުގައި ބަންދު ކޮށްފައި ހުންނެވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު، ޖަލުގައި އޭނާ އޮންނެވި ގޮޅި ތެރެއަށް ވެއްޓިވަޑައިގަތުުމުން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.

ރޭ ބޮލަށް އެނބުރުން އަރައިގަތުމުން އަދީބު ވެއްޓިވަޑައިގެން ތަޅުންގަނޑުމަތީގައި ބޯ ޖެހުމުގެ ސަބަބުން ނިއްކުރިއަށް އަނިޔާވެ ނިއްކުރި ދުޅަވެފައިވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމުގެ ސަބަބުން އަޖީއެޗްގައި އަދީބަށް ފަރުވާދެމުންދާއިރު، އޭނާގެ ހާލު ދެރަކަމަށް އޭނާގެ ބައެެއް ގާތްމީހުން ވަނީ ބުނެފައެވެ.

Advertisements

އަދީބު ޖަލުގައި ބަންދުކުރީ، ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ބޭރަށް ފިއްލެވުމަށް މަސައްކަތް ކުރެއްވުމާ ގުޅިންނެވެ. މި މައްސަލައިގައި ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Advertisements